Close
ޚަބަރު

ރަައީސް ސޯލިހުގެ ރައްދެއް ރައީސް ނަޝީދަށް: "އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރާކަށް ނުނިންމަން"

ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ރިޔާސީ ޕްރައިމަރީއެއްގައި ވާދަ ނުކުރައްވަން ނިންމަވައިފައި ނުވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރައީސް، އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.

"ދިވެހި ޗެނަލް" ގެނެސްދިން ޕްރަގްރާމެއްގައި ރައީސް ނަޝީދު ވިދާޅުވީ 2023ގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ސޯލިހު ނުކުންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް ސޯލިހް މިހާތަނަށް ވެސް އެފަދަ ވާހަކައެއް ދައްކަވާފައި ނުވާކަން ފާހަގަ ކުރެއްވެވިއެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު "ސަންގުޓީވީ" އަށް ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް ނަޝީދާ އެއްވެސް މަޝްވަރާއެއް ކުރައްވައިފައިނުވާނެ ކަމަށެވެ.

އަދި އެމްޑީޕީ ޕްރައިމަރީގައި ނުވަތަ ރިޔާސީ ރޭހުގައި ވާދަނުކުރައްވަން އެއްވެސް އިރަކު ނިންމަވައިފައި ނުވާ ކަމަށާއި އެގޮތަށް ރައީސް ނަޝީދުގެ އަރިހުގައި ދަންނަވާފައިވެސް ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.