ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
މި ގަރާރަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި އެ މަޝްރޫއުގެ ދަށުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާތީ، ޝާއިއުކޮށްފައިވާ ގަރާރެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ގުޅޭ ދާއިރާތަކުން މަޝްރޫއުތަކާއި ދާހިލީ ސަލާމަތާއި ދިފާއީ ރައްކާތެރިކަމާއި ފަންނިއްޔާތާ ގުޅޭ ދާއިރާ އާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ގުޅޭ ދާއިރާ އާއި ޒުވާނުން ބާރުވެރި ކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ގުޅޭ ދާއިރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ގުޅޭ ދާއިރާއިން މުހިއްމު ބައެއް މަޝްރޫއުތަކަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް މިންވަރު ވަނީ ބަޔާންކުރައްވައިފައެވެ.
އެގޮތުން ބައެއް މަޝްރޫއުތައް ތަފްސީލީ ގޮތެއްގައި ހިމެނުމުގެ ބަދަލުގައި މިފަހަރު މަޝްރޫއުތަކުގެ މައުލޫމާތު ހާމަކޮށްފައި ވަނީ ދާއިރާތައް ވަރަށް ފުޅާކޮށެވެ.
މިގަރާރުން ފަތުރުވެރިކަމުގެ ބޭނުމަށާއި އާންމު ދިރިއުޅުމަށް ބޭނުންވާ އެކި ކަންކަމަށާއި ދައުލަތުގެ މުހިއްމު ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިމަނައިފައެވެ.
މީގެ ތެރޭގައި ޖަލު ތަރައްގީ ކުރުމާއި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމާއި އެއާޕޯޓުތައް ތަރައްގީ ކުރުން ހިމެނެއެވެ. އަދި ސޯޝަލް ހައުސިން އާއި ކޯޒްވޭތަކާއި ބިން ހިއްކާފައިވާ ސަރަހައްދުތަކުގައި ޔޫޓިލިޓީގެ ހިދުމަތް ގާއިމުކުރުމާއި ކުނި މެނޭޖްކުރުމާ ގުޅުންހުރި މުހިއްމު މަޝްރޫއުތައް ކުރިއަށް ގެންދިޔުން ވެސް ގަރާރުގައި ހިމަނާފައިވެއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް