މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން، ބައެއް މިނިސްޓްރީގެ ނަންތަކާއި، އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތަކަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގައި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ކެބިނެޓް 20 އިން 15 އަށް މަދު ކުރައްވައިފައެވެ.
އެ ބަދަލުތަކުގެ ތެރެއިން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން، 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއެވެ. އެ ބަދަލާއެކު ބައެއް މިނިސްޓްރީތައް އުވައިލައްވައި އާ ފަސް މިނިސްޓްރީއެއް އުފެއްދެވިއެވެ.
އެއާ އެކު 13 މިނިސްޓްރީއެއްގެ ނަމާއި މަސައްކަތުގެ ދައިރާއަށް ބަދަލު ގެންނަވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށް މަޖިލީހަށް ފޮނުއްވިއެވެ.
މިނިސްޓްރީތަކުގެ މަަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތައް:
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް
- ރާއްޖޭގެ ދިފާއީ ކަންކަމާއި، ގައުމީސަލާމަތާބެހޭ ކަންކަން
- ރާއްޖޭގެ ސަރަހައްދު ހިމާޔަތް ކުރުމާއި ރައްކާތެރި ކުރުމާގުޅޭ ކަންކަން
- ކާރިސާތަކާއި ހާދިސާތަކާ ގުޅިގެން މަރުކަޒީ ފެންވަރުގައި ކުރަންޖެހޭ ކަންކަން
- ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ކަންކަން
- އެންޓި ޓެރަރިޒަމާއި ކައުންޓާ ޓެރަރިޒަމާގުޅޭ ކަންކަން
- ދިވެހި ވަތަނީ ހިދުމަތް (މޯލްޑިވްސް ނޭޝަނަލް ސާވިސް) އާ ބެހޭ ކަންކަން
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ
- ގައުމުގެ ދާހިލީ ސަލާމަތާއި އަމަންއަމާންކަމާއި ދާހިލީ ހަމަޖެހުން ގާއިމްކުރުމާބެހެ ކަންކަން
- ކުށްކުރުން މަދު ކުރުމާއި ކުށްވެރިން ބެލެހެއްޓުމާބެހޭ އެންމެހައި ކަންކަން
- ރާއްޖޭގެ އިމިގްރޭޝަނާބެހޭ ކަންކަން
- ދިވެހި ރާއްޖޭގެ ވަޒީފާއާބެހޭ ކަންކަމާއި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ކަންކަމާއި މަސައްކަތު މާހައުލުގެ ސިއްހީ ރައްކާތެރިކަމާބެހޭ ކަންކަން
- ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމާގުޅޭ އެންމެހާ ކަންކަން
- ކުށްކުރާ ކުޑަކުދިންނާބެހޭ ކަންކަން
- މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާގުޅޭ އެންމެހާ ކަންކަން
- ސައިންސް އެންޑް ޓެކްނޮލޮޖީއާއި އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ކަންކަން
- ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ބެހޭ ކަންކަން
- ނެޝަނަލް ރެޖިސްޓްރޭޝަނާއި އާބާދީއާބެހޭ ކަންކަން
- މީޑިއާ ތަރައްގީކުރުމާބެހޭ ކަންކަން ޖަމިއްޔާތަކާ ބެހޭ ކަންކަން
- މުޖުތަމައުގެ ބާރުވެރިކަން އިތުރު ކުރުމާބެހޭ ކަންކަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާ ޕްރައިސަސް
- ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން
- ދައުލަތުގެ ބަޖެޓާބެހޭ ކަންކަން
- ދައުލަތުގެ އާމްދަނީއާއި ހަރަދާއި ދަރަންޏާ ބެހޭ ކަންކަން
- ބޭރުގެ އެހީއާއި ލޯނު ހޯދުމާގުޅޭ ކަންކަން
- ދައުލަތުގެ ޕްރޮކިއުމެންޓާބެހޭ ކަންކަން
- ދައުލަތުގެ ފައިސާއާއި މުދަލުގެ ހިސާބުތައް ބެލެހެއްޓުމާބެހޭ ކަންކަން
- ދައުލަތުގެ ބިންތަކާއި އެހެނިހެން ހަރު މުދާ ބެލެހެއްޓުމާބެހޭ ކަންކަން
- ޕްރައިވެޓައިޒޭޝަނާއި ކޯޕަރައިޓައިޒޭޝަނާ ބެހޭ ކަންކަން
- ދައުލަތުގެ ކުންފުނިތައް ބެލެހެއްޓުމާގުޅޭ ކަންކަން
- ގައުމީ ތަރައްގީ ރޭވުމާބެހޭ ކަންކަން
- ތަފާސް ހިސާބުގެ ނިޒާމާގުޅޭ ކަންކަން
- ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތުތަކާގުޅޭ ކަންކަން
މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
- ގައުމީ މަންހަޖާގުޅޭ ކަންކަން
- ރާއްޖޭގައި ބާއްވާ އާއްމު އިމްތިހާންތަކާބެހޭ ކަންކަން
- މަތީ ތައުލީމާއި ތަމްރީން ދިނުމާބެހޭ ކަންކަން
- މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ކަންކަން
- މަތީ ތައުލީމާއި ތަމްރީނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން
- މަތީ ތައުލީމާއި ތަމްރީން ދިނުން ރެގިއުލޭޓް ކުރުމާބެހޭ ކަންކަން
- ގައުމީ ސަނަދުތަކުގެ އޮނިގަނޑާބެހޭ ކަންކަން
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
- ރައްޔިތުންނަށް ސަލާމަތް ސިއްހަތެއް ލިިބިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން
- ސިއްހީ ހިދުމަތްދޭ ތަންތަނާއި ހިދުމަތްދޭ މީހުން ރެގިއުލޭޓް ކުރުމާބެހޭ ކަންކަން
- ކާބޯތަކެއްޗާއި ބޭހާއި ހެލްތު ކްލިއަރެންސް ހޯދަންޖެހޭ ކެމިކަލްތަކާއި މެޑިކަލް ޑިވައިސްތަކުގެ ރައްކާތެރިކަމާބެހޭ އެންމެހާ ކަންކަން
- ރައްކާތެރި ލޭ ފޯރުކޮށްދިނުމާބެހޭ ކަންކަން
- ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓަންޖެހޭ މީހުންނާބެހޭ ކަންކަން
- އިޖުތިމާއީ އެހީއާއި ރައްކާތެރިކަމާބެހޭ އެންމެހާ ކަންކަން
- އިޖުތިމާތީ ހިދުމަތްދޭ ތަންތަނާއި ހިދުމަތްދޭ މީހުން ރެގިއުލޭޓް ކުރުމާބެހޭ ކަންކަން
- އެކި ބާވަތުގެ ތަފާތު ކުރުންތައް ނައްތައިލުމާބެހޭ އެންމެހާ ކަންކަން
- ޖެންޑާ މެއިންސްޓްރީމް ކުރުމާބެހޭ އެންމެހާ ކަންކަން
- އާއިލީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ކަންކަން
- އިސް ރަށްވެހިންގެ ދުޅަހެޔޮކަމާބެހޭ ކަންކަން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
- ވިޔަފާރި އާއި އިގްތިސާދު ފުޅާކޮށް ތަރައްގީކުރުމާބެހޭ ކަންކަން
- ވިޔަފާރި ރެގިއުލޭޓް ކުރުމާބެހޭ ކަންކަން
- ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް ފުޅާ ކުރުމާބެހޭ ކަންކަން
- ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާ ރެގިއުލޭޓް ކުރުމާބެހޭ ކަންކަން
- ރާއްޖޭގައި މެރިޓައިމް ސިނާއަތު ތަރައްގީ ކުރުމާބެހޭ ކަންކަން
މިނިސްޓްރީ އޮފް ފިޝަރީޒް، އެކްރިކަލްޗާ އެންޑް އޯޝަލް ރިސޯސަސް
- މަސްވެރިކަމާއި އެކުއާ ކަލްޗަރާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ތަރައްގީކޮށް ފުޅާ ކުރުމާބެހޭ ކަންކަން
- މަސްވެރިކަމާއި އެކުއާ ކަލްޗަރާއި ކަނޑުގެ ވަސީލަތްތަކާބެހޭ ބައިލޮޖިކަލް އަދި އިކޮލޮޖިކަލް ދިރާސާގެ ކަންކަން
- ދަނޑުވެރިކަން (ފޮރެސްޓްރީ، ޕޯލްޓްރީ، އެނިމަލް ހަސްބަންޑްރީ) ތަރައްގީކޮށް ފުޅާކުރުމާބެހޭ ކަންކަން
- ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ގައުމީ ފުދުންތެރިކަން ކަށަވަރު ކުރުމާބެހޭކަންކަން
- އެނިމަލް ވެލްފެއާއާބެހެ ކަންކަން
- ވެޓެރިނަރީގެ ހިދުމަތާބެހޭ ކަންކަން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
- ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމާބެހޭ ކަންކަން
- ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމާބެހޭ ކަންކަން
- ދީނީ އަޅުކަންތައް އަދާކުރުމުގައި ދައުލަތުން ހަމަޖައްސައިދޭންޖެހޭ އިންތިޒާމްތަކާގުޅޭ ކަންކަން
- ހައްޖާއި އުމްރާގެ އަޅުކަމާބެހޭ ކަންކަން
- ކީރިތި ގުރުއާނާއި ސުންނަތާބެހޭ ކަންކަން
- ޒަކާތު ފަންޑް ގާއިމްކޮށް ހިންގުމާބެހޭ ކަންކަން ދިވެހި ރާއްޖޭގެ އައުގާފާބެހޭ ކަންކަން
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
- ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކޮށް ތަރައްގީކުރުމާބެހޭ ކަންކަން
- ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ރެގިއުލޭޓްކުރުމާބެހޭ ކަންކަން
- ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ "ޕޮޒިޝަން" ކުރުމާއި، "ބްރޭންޑް" ކުރުމާބެހޭ ކަންކަން
- ލޯކަލް ޓޫރިޒަމް ތަރައްގީކުރުމާގުޅޭ ކަންކަން
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް ފުޅާކުރުމާބެހޭ ކަންކަން
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ތަރައްގީ ކުރުމާބެހޭ ކަންކަން
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
- ޒުވާނުންނާބެހޭ ކަންކަން
- ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމާބެހޭ ކަންކަން
- ފިޓްނަސްގެ ދާއިރާ ތަރައްގީކުރުމާބެހޭ ކަންކަން
- ކުޅިވަރުގެ ދާއިރާއާއި ފިޓްނަސްގެ ދާއިރާގެ މުނިފޫހި ފިލުވުމާބެހޭ ކަންކަން
މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
- ފަންނީ ހުނަރުވެރިކަން ކުރިއެރުވުމާބެހޭ ކަންކަން
- ޕާފޯމިން އާޓްސްގެ ދާއިރާއާބެހޭ ކަންކަން
- ފަންނުވެރި އުފެއްދުންތަކާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ ކްލެސިފިކޭޝަނާ ބެހޭ ކަންކަން
- ދިވެހި ބަސް ހިމާޔަތްކޮށް ތަރައްގީކުރުމާބެހޭ ކަންކަން
- ގައުމީ ފެންވަރުގައި ކުތުބުހާނާގެ ހިދުމަތް ދިނުމާއި، އަރުޝީފު ކުރުމާބެހޭ ކަންކަން
- ގައުމިއްޔަތާއި ދިވެހިވަންތަކަން އާލާކޮށް ދިރުވުމާބެހޭ ކަންކަން
- ދިވެހިންގެ އާސާރީ، ސަގާފީ އަދި ތަރިކަ ހިމާޔަތް ކުރުމާބެހޭ ކަންކަން
- ގައުމީ މުނާސަބާތައް ފާހަގަ ކުރުމާބެހޭ ކަންކަން
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
- ސަރުކާރުން ކަނޑައަޅާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާގުޅޭ ކަންކަން
- ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތާބެހޭ ސިޔާސަތުތައް ކަނޑައެޅުން
- ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތް ރެގިއުލޭޓް ކުރުމާބެހޭ ކަންކަން
- ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަރައްގީކުރުމާބެހޭ ކަންކަން
- ދައުލަތުގެ އިމާރާތްތަކާގުޅޭ ކަންކަން
- ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅުމާބެހޭ އެންމެހައި ކަންކަން
- ސޯޝަލް ހައުސިންއާާބެހޭ އެންމެހާ ކަންކަން
- ރާއްޖޭގެ ބިން ބޭނުންކުރުމާގުޅޭ ކަންކަން
- ރާއްޖޭގެ އާބަން ސަރަހައްދުތައް ތަރައްގީކުރުމާބެހޭ ކަންކަން
- ޕަބްލިކް ވާކްސްގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ
- މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާބެހޭ ކަންކަން
- ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ކަންކަން
- ދިރޭ ތަކެތީގެ ނަސްލު ހިމާޔަތް ކުރުމާބެހޭ ކަންކަން
- ހަކަތައާއި ފެނާއި ނަރުދަމާ އާއި ކުނި މެނޭޖު ކުރުމާބެހޭ ކަންކަން
- މީޓިއޮރޮލޮޖީގެ ދާއިރާއާ ބެހޭ ކަންކަން
އިބްރާހިމް ޒަކީ
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމެޓީ
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމެޓީ
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމެޓީ
ކޮމެންޓް