އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލިކަމުގެ ކުށް، ސާބިތުވި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް އަދަބު ކަނޑައެޅުން އަން ޖުލައި މަހުގެ އެއް ވަނަ ދުވަހު ބާއްވަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާޒިމް އެގޮތަށް ނިންމެވީ، މާވިންގެ ދިފާއީ ވަކީލުން އެދުނު އެދުމުގެ މައްޗަށެވެ.
މޭރީ ގްރޭސް މަރައިލިކަމުގެ ކުށް، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަދާބާ ބެހޭގޮތުން ވާހަކަ ދައްކަން މިއަދުގެ އަޑުއެހުމުގައި މާވިންއަށް ފުރުސަތު ދިނެވެ.
ނަމަވެސް މާވިންގެ ވަކީލް އެދުނީ ދިރާސާ ކުރުމަށް ފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ.
އެހެންކަމުން އެފުރުސަތު ދެއްވުމަށްފަހު، ގާޒީ ނިންމެވީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވުމަށެވެ.
މޭރީގެ މަރުގެ މައްސަލައިގައި މާވިންގެ އިތުރުން ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. ލަމްހާއަށް ދައުވާކޮށްފައި ވަނީ، މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ނަމަވެސް އެ މައްސަލައިގައި އަދި ގޮތެއް ނުނިމެއެވެ.
މި މައްސަލައާ ގުޅިގެން މާވިން އާއި ލަމްހާ ހައްޔަރުކުރީ އޮކްޓޫބަރު، 2021 ގައެވެ.
މިމައްސަލާގައި ބަންދުގައި ހުއްޓާ މާވިން ވަނީ އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް