ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ ބޭއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްރީ ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ, ވެރިކަމުގައި އެމްޑީޕީ އޮތުން ކުރިއަށްވުރެ މާ ބޮޑަށް މުހިންމު ވެއްޖެ ކަމަށެވެ. އަދި ރައީސް ޔާމީން އިސްވެ ހުންނަވައި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނުގެ ސަބަބުން ދެކޮޅުވެރިކަން އިތުރުވެ, ރައްޔިތުންނަށް ނުތަނަވަސްކަން ވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ މިމަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ, އެއް ގައުމު, އަނެއް ގައުމާ ޖެއްސުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރަހުމަތްތެރިޔާއާއެކު ރާއްޖެއިން ރަނގަޅު ތެދުވެރި ގުޅުމެއް ބޭއްވުން މުހިންމު ކަމަށާއި އިންޑިއާއަކީ ރާއްޖޭގެ އަވަށްޓެރިއެއްގެ އިތުރުން ކޮންމެ އެދުމަކަށް އިޖާބަދޭ ފުރަތަމަ ގައުމު ކަމަށް ވިދާޅުވިއެވެ.
"އިންޑިއާގެ އެހީއަށް އެހެން ކަމަކުން ހިޔަނި އެޅިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން," ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު