ކ. މާފުއްޓާއި ދ. ކުޑަވަހުދޫއިން ވެސް އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ، އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ދިވެހިންގެ ތެރޭގައިވެސް އޮމިކްރޯން ވޭރިއަންޓް އުޅޭކަން ސީކިއުނެންސިން އިން ކަށަވަރުވެފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން މިހާތަނަށް އޮމިކްރޯންގެ 27 ކޭސް ފެނިފައިވާ އިރު، އޭގެ ތެރޭގައި އަށް ދިވެހިންވެސް ހިމެނޭ ކަމަށާއި ބާކީ 19 ކޭސް ފެނިފައިވަނީ ޓޫރިސްޓުންގެ ފަރާތުން ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ދިވެހިންގެ ތެރެއިން ފެނުނު އަށް ކޭސްގެ ތެރެއިން ހަތަރު ކޭސް މާލެއިން، ތިން ކޭސް މާފުށިން ފެނިފައިވާ އިރު، ކުޑަހުވަދޫން ފެނިފައި ވަނީ އެއް ކޭސް ކަމަށް ވިދާޅުވިއެވެ.
“އެންމެ ފަހުން އިއްޔެގައި އަޅުގަނޑުމެންނަށް ލިބުނު ރިސަލްޓުތަކުގައި ތެރޭގައިވެސް ހަތް ދިވެއްސަކު އަދި އޭގެ ކުރިން ހަފުތާގެ ރިސަލްޓުގައި އެއް ދިވެއްސަކު ވަނީ އޮމިކްރޯންއަށް ޕޮޒިޓިވްވެފައި. އޭގެ މާނައަކީ މިއަށްވުރެ އިތުރު ކޭސަސް އުޅެމުންދާނެ ކަމަށް،” ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު