ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ، ބަދުރުގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް އެމަނިކުފާނަށް ހަދައިލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ އަށް 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ފުލުހުން ބުނީ ރައީސް ނަޝީދަށް އިންޒާރު ދިން މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އުމުރުން 40 އަހަރުގެ އެމީހާ ހައްޔަރު ކުރީ ރ. މީދޫންނެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ގެންދިުއުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި ކޯޓުގެ ހުރުމަތް ކަނޑާލުމުން 15 ދުވަހަށް ޖަލަށް ލުމަށްވެސް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ބުންޏެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކުރި، ފޭސްބުކް ވީޑިއޯ ޕޯސްޓެއްގައި ރައީސް ނަޝީދަށް އިންޒާރުދީ އޭނާ ބުނެފައި ވަނީ، "ރައީސް ނަޝީދު ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދި ގޮތް ހަދާނަން،" ކަމަށެވެ.
އަބޫޖަހުލު ގަތުލު ކޮށްލީ ބަދުރު ހަނގުރާމައިގަ އެވެ.
މިއަހަރުގެ މެއިމަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެން އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެން އެގައުމުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު