އެލަވަންސް ކުޑަކޮށް މުސާރަ ދެވުނީ ޓެކްނިކަލް މައްސަލައާ ގުޅިގެން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ސެޕްޓެމްބަރު މަހުގެ މުސާރަ ދިން އިރު، ޓެކްނިކަލް މުވައްޒަފުން ރޭގަނޑު އަދާކުރާ ޑިއުޓީއަށް ދެމުން އައި ޝިފްޓް އެލަވަންސް 100 ރުފިޔާއިން 60 ރުފިޔާއަށް ވަނީ ކުޑަވެފައެވެ.
އެކަމާ ގުޅޭގޮތުން ހުޅުމާލޭ ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ މައުރޫފް، "ވަން"އަށް މިރޭ ވިދާޅުވި ގޮތުގައި އެއީ މުސާރަ ދިނުމުގެ ކަންކަމުގައި ބޭނުންކުރާ ސޮފްޓްވެއާ ބަދަލުކުރުމުގެ ތެރޭގައި ދިމާވި މައްސަލައެކެވެ.
އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެގޮތުން އުނިކުރެވުނު އެލަވަންސް ވެސް އެ މުވައްޒަފުންނަށް ހަމަޖެހިގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ 2023 ގެ މެއި މަހު ބޮޑުކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން އާންމުކުރި ޕޭ ފްރޭމްވޯކްގެ ދަށުން ރޭގަނޑު މަސައްކަތްކުރާ ވަގުތަށް 100 ރުފިޔާގެ އެލަވަންސެއް ދޭން ކުރިން އޮތީ ހަމަޖައްސައިފައެވެ.
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ކޮމެންޓް