ޕާކިސްތާނު ސެނެޓުގެ ޗެއާމަން، ސައްޔިދު ޔޫސުފް ރަޒާ ގިލާނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކައިގައި ރައީސް ވަނީ ޗެއާމަން ގިލާނީ ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށް ތައުރީފު ކުރައްވާފައި ކަމަށެވެ. އަދި ހިދުމަތުގެ ދިގު މުއްދަތުގައި، ރާއްޖެއާއެކު އަބަދުވެސް ގާތް، އަދި ބަދަހި ރަހުމަތްތެރިކަމެއް ބާއްވަވާކަން ރައީސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޗެއާމަން ގިލާނީ ވަނީ ރައީސްއަށް ހޫނު މަރުހަބާއެއް ދަންނަވައި، ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކާއި ފަހުމުނާމާތައް ތަންފީޒުކުރުމަށް އިސްކަންދޭނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.