ޕާކިސްތާނުގެ ނެޝެނަލް އެސެމްބްލީގެ ރައީސް ސަރްދާރު އަޔާޒް ސާދިގް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކާފައި ކަމަށެވެ.
ސާދިގް ވަނީ، ޕާކިސްތާނުގެ ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ނަމުގައި ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު ޕާކިސްތާނަށް ރައީސް ވަޑައިގެންނެވުމުން، މެހެމާންދާރީ އަދާކުރުމަށް ފުރުސަތު ލިބިވަޑައިގަތުމުން ހިތްހަމަޖެހިވަޑައިގަންނަވާކަމަށް ސާދިގު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ވާހަކަފުޅުގައި މި ދަތުރަކީ ކުރީގެ ގުޅުންތައް އާކޮށް، ކުރިމަގުގައި ދެގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމަށް އެއްބަސްވެވޭނޭ ގުޅުމެއް ގާއިމްކުރެވޭ ދަތުރަކަށް ވެގެންދާނެކަމަށް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޕާކިސްތާނަކީ ރާއްޖޭގެ ތަރައްގީގައި އިސްދައުރެއް އަދާކުރާ ގައުމެއްކަންވެސް ރައީސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް