މިވަގުތު ރާއްޖޭގައި ހުރީ ކޮވިޝީލްޑް ވެކްސިންގެ 800 ޑޯޒް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހުރީ ކޮވިޝީލްޑް ވެކްސިންގެ 800 ޑޯޒް ކަމަށާއި ކޮވިޝީލްޑް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"ކޮވިޝީލްޑް މިވަގުތު އަޅުގަނޑުމެން އަތުގައި ހުރީ 800. ސައިނޯފާމްގެ 64423 ޑޯޒް، ފައިޒާގެ 2744 ޑޯޒް،" ނާސިރު ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ، ރާއްޖެއިން ގަނެފައިވާ އެސްޓްރާޒެނެކާގެ 700،000 ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ރާއްޖެއަށް ލިބޭނެ ކަމަށެވެ.
ނާސިރު އިތުރަށް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިން ނުލިބިއްޖެނަމަ އޭގެ ބަދަލުގައި އެސްޓްރާޒެނެކާ ވެކްސިން ރާއްޖޭގައި ދޭން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާރު ހުރި ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތައް ދެމުން އަންނަނީ ސިއްހީ ހިދުމަތްތެރީންނާއި އެކިއެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު