ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، އެބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ 113 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ، ކޮވިޑު ޖެހިގެން ލާމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 36 އަހަރުގެ ނޭޕާލް ފިރިހެނެއް ރޭ ދަންވަރު 2:00 ގައި މަރު ވެފައިވާ ކަމަށެވެ.
މިއީ ކޮވިޑުގައި ލާމު އަތޮޅުން މަރުވި ތިން ވަނަ މީހާއެވެ. އެބަލީގައި އެ އަތޮޅުން އިއްޔެ ވަނީ 69 އަހަރުގެ ދިވެހި އަންހެނަކާއި 87 އަހަރުގެ ދިވެހި ފިރިހެނަކުވެސް މަރުވެފައެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި ބިދޭސީންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ. އަދި މިިއީ އެބަލީގައި ރާއްޖެއިން ނޭޕާލް މީހަކު މަރުވި ފުރަތަމަ ފަހަރެވެ. ދެން ހިމެނެނީ ބަންގްލަދޭޝް، ފިލިޕީންސް އަދި އިންޑިއާގެ ރައްޔިތުންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު