ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުމަށް ވަޅު ކޮންނުމުން ފެން އަރާތީ އެ ސަހަަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާ ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެހެންވެ، މައްޔިތުން ވަޅުލުން މިހާރު މާލެ އާސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ ކުރިން ވެސް ވިއްސާރަ މޫސުންތަކުގައި ހުޅުމާލެ ސަހަރާގައި ވަޅުކޮނޮމުން ފެން އަރާތީ، މީހުން ވަޅުލުން މެދުކަނޑާލާފައިވެއެވެ.