ޚަބަރު

ފުލުހުންނާއި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް އައްޑޫގައި، ހަތް މީހަކު ހައްޔަރު ކޮށްފި

ރިފާ ހަލީލު

ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ފަށައި ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީ ގައި މިހާރު ކުރިއަށް ގެންްދާ އޮޕަރޭޝަނެއްގައި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.