ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑް މަރުގެ އަދަދު 68 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން މީގެ އިރުކޮޅެއް ކުރީން ބުނިގޮތުގައި ކޮވިޑް ޖެހިގެން، މިއަދު 11:12 ގައި މަރުވެފައި ވަނީ ދިވެހި އަންހެނެކެވެ. 82 އަހަރަކު
މިއަދު މަރުވި އަންހެން މީހާއަށް ފަރުވާ ދެމުން އައި ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.
ކޮވިޑު ޖެހިގެން ރާއްޖޭގައި 68 ވަނަ މީހަކު މަރުވެފައިވާ އިރު، މި ބަލީން ދިފާއު ވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ރާއްޖޭގައި ވަރަށް ހަލުވި ކަމާއެކު ކުރިޔަށް އެބަ ގެންދެ އެވެ. އެ ގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް 274000 އަށްވުރެ ގިނަ މީހުން ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދުވެސް ވަނީ 28000 އަށްވުރެ މައްޗަށް އަރައިފަ އެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19