މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ އިތުރަށް ކަށަވަރު ކުރުމަށް މިއަދު ބައެއް ވޯޓު ފޮށިތައް ދެވަނަ ފަހަރަށް ގުނަން ހަމަޖެހިފައިވާތީ، އިންތިހާބާ ބެހޭ މައި މަރުކަޒުދޮށަށް އިދިކޮޅު ފަރާތްތަކުން އެއްވެ މުޒާހަރާ ކުރަމުން ދަނިކޮށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް އެ ސަރަހައްދަށް ވަޑައިގެންފިއެވެ.
އިދިކޮޅު ފަތާތްތަކުން އެސަރަހައްދަށް އެއްވެސް މުޒާހަރާކުރަން ފެށީ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށެވެ.
ނަމަވެސް ޕީޕީއެމުން އެ ސަރަހައްދަށް އެއްވިއިރު، މާލޭސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުވެސް އެސަރަހައްދަށް ވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންް ހަސަން ލަތީފާއި، އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝީފާޒާއި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކު އަހުމަދު ޝާހިދު (ސާބެ)ގެ އިތުރުންވެސް ބައެއް އިސްފަރާތްތައް ރައީސް ނަޝީދުގެ އަރިހުގައި އެތަނަށް ވަޑައިގެންނެވިއެވެ.
އޭގެފަހުން ޕީޕީއެމް ޕީއެންސީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އާއި އެ ދެ ޕާޓީގެ ބައެއް އިސް ބޭފުޅުންވެސް އެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.
އެ ސަރަހައްދުގައި ހުންނަވައި، މީޑިއާއަށް އެއްވެސް އެއްޗެއް ވިދާޅުވުމަށް ރައީސް ނަޝީދު ވަނީ ދެކޮޅު ހައްދަވައިފައެވެ. ނަމަވެސް ޕީއެންސީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބުދުﷲ އެ ސަރަހައްދުގައި ހުންނަވައި ވިދާޅުވީ، ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑައިގަތީ ހަމަނުޖެހުން އުފައްދަން ރާވައިގެން ކަމަށެވެ.
އެހެންކަމުން ރައީސް ނަޝީދަށް ސަލާމަތީ ބާރުތަކުން ސެކިއުރިޓީ ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ރައްޔިތުން ވަނީ އެމްޑީޕީއަށް ނޫނެކޭ ބުނެފައި ކަމަށާއި، ރައީސް ނަޝީދު އުޅުއްވަނީ އެކަން ހަޖަމު ނުކުރެއްވިގެން ކަމަށް ވެސް އަދުރޭ ވިާޅުވިއެވެ.
އެހެންކަމުން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ، ވޯޓު ފޮށިތަކުގެ މައްޗަށް ބާރު ފޯރުއްވަވައި އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބު ބާއްވަން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އެންމެ ފަހުން އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުންނާއި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތައް އެ ސަރަހައްދަށް އެއްވެ ހަމަނުޖެހުމަކަށް ދާން ފެށުމުން ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ވަނީ އެ ސަރަހައްދުން އެނބުރި ވަޑައިގެންފައެވެ.
އެއަށްފަހު ފުލުހުން ވަނީ އިންތިހާބީ މަރުކަޒުގެ ގޯތި ތެރެއަށް ވަދެ ތިބި މީހުން އެ ސަރަހައްދުން ނެރެފައެވެ. އެ މަސައްކަތުގައި ފުުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ބޭނުން ކޮށްފައެެވެ.
އެސަރަހައްދުން ވެޑައިގެންނެވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަން ގެ އިންތިހާބާ ބެހޭ މައި މަރުކަޒު ހުންނަ ބާ ޖަމާލުއްދީނަށް ވަޑައިގަތީ އިދިކޮޅު ލީޑަރުން އެތަނަށް ވަދެ ނުނިކުތުމުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން