އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މުޒާހަރާއިން އިއްޔެ ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
އިދިކޮޅުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު ވެސް ދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން އިއްޔެ ވެސް ވަނީ މާލޭގެ ދެ ސަރަހައްދެއްގައި މުޒާހަރާކޮށްފައެވެ.
އިދިކޮޅުން އިއްޔެ ބޭއްވި މުޒާހަރާއިން ފުލުހުން ވަނީ ޖުމުލަ 25 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ކައުންސިލުގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
ފުލުހުން ބުނީ މުޒާހަރާއިން އިއްޔެ ހައްޔަރުކުރި 25 މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށާއި އެ އެންމެންވެސް ދޫކޮށްލާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފުވެފައިވާތީ ޖޫރިމަނާކުރުމަށްފަހު ކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވެ، އެއްވުންތަކާއި ހަފުލާތަކާއި ޖަލްސާތައް ބޭއްވުމާއި ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން ވަނީ މަނާކޮށްފައެވެ. އަދި އެކަންކަމާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު