ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ބަލާއިރު ކޮވިޑް ވެކްސިން ޖަހާ މީހުން ކޮވިޑަށް ޕޮޒިޓިން ނުވާކަން އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ރައްޔތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ކޮވިޑަށް ޕޮޒިޓިވް ވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވައި، ވިދާޅުވީ، ވެކްސިން ޖައްސަވާފައި ތިއްބެވި ހުރިހާ ބޭފުޅުން ކޮވިޑުން ސަލާމަތް ވާކަމަށެވެ.
"ވެކްސިން ޖައްސަވާފައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ކޮވިޑުން ޝިފާއަކަށް، ސަލާމަތަކަށް، ވާކަމަށް އެބަ ލަފާ ކުރެވޭ، މި މަޖިލީހަށް ބަލާ ބެލުމުގައި ވެކްސިން ޖައްސަވައިފިއްޔާ ޕޮޒިޓިވް ނުވާކަމަށް އެބަ ލަފާ ކުރެވޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާތަނަށް 170000 މީހުންނަށް ކޮވިޑް ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ ވަރަށް މަދު ބައެއް ކަމަށެވެ. އެގޮތަށް ޕޮޒިޓިވް ވި މީހުންނަކީވެސް ޕޮޒިޓިވް ވެފައި ވަނިކޮށް ވެކްސިން ޖެހުމުން ފެންނަ ނަތީޖާއެއް ކަމަށް އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޑުއިވިފަ އޮތީ މިހާރު 170000 މީހުންނަށް ވެކްސިން ޖެހިފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ ވަރަށް މަދު ބައެއް، 30 މީހުންވެސް ޕޮޒިޓިވް ވެފައި ނުވޭ، އެ 30 މީހުންގެ ތެރެއިންވެސް ވެކްސިން ޖެހިއިރު އެއީ ޕޮޒިޓިވް ވެފައި ހުއްޓާ ޖެހީމާ ފެންނަ ނަތީޖާއެއް ކަމަށް ވުމީވެސް އެކަށީގެންވާ ކަމެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، ވެކްސިން ޖެހުމުން ކޮވިޑް ރޯގާ ޖެހުން ދުރުވާކަން ސާފުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް