އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތުގައި މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމްގެ ސަސްޕެންޝަން އިތުރު ކުރުމަށް އެސްޓީއޯއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފިއެވެ.
އެސްޓީއޯ އަކީ މޯލްޑިވް ގޭސްގެ މައި ކުންފުންޏެވެ.
އެ ކޮމިޓީން މިގޮތަށް ފާސްކުރީ، އެ މައްސަލައާ ބެހޭގޮތުން އެކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅައި އެ ކޮމިޓީން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، އަލުން އެ މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅަންދެންނާއި، މޯލްޑިވް ގޭސްގެ ހެރެސްމެންޓް ކޮމިޓީންނާއި ފުލުހުން އެ މައްސަލަ ބަލައި ނިމެންދެންނެވެ.
އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތުގައި އަލީ އިކްރާމް ސަސްޕެންޑް ކޮށްފައި ވަނީ ހުސްވި ފެބްރުއަރީމަހުގެ ދެވަނަ ދުވަހުއެވެ.
އެ ކުންފުނީގެ ބޯޑުން އޭނާ އޭރު ސަސްޕެންޑް ކުރީ ދެ ހަފުތާއަށެވެ. އިކްރާމްގެ މައްސަލަ ބޯޑަށް ހުށަހެޅީ ހެއްކެއްގެ ގޮތުން އަންހެން މުވައްޒަފަށް އޭނާ ފޮނުއްވި ބައެއް މެސެޖްތަކާ އެކުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ