ހުރިހާ ބޭސްތަކެއް ލިބޭނެ ސަރުކާރުގެ ބޭސްފިހާރައެއް އައިޖީއެމްއެޗުގައި ގާއިމުކުރަން ނިންމާފައިވާކަމަށް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ)ގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެއެވެ.
ބަލި މީހުންނަށް ބޭނުންވާ ބޭސް ރާއްޖެއިން ނުލިބޭ މައްސަލަ އާއި ލިބެން ހުންނަ ބޭސްވެސް ލިބުން ދަތިވާ މައްސަލައިގައި އެ ކުންފުޏާއި ކަމާބެހޭ އެހެން ފަރާތްތަކުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ޝާހު ވިދާޅުވީ އަންނަ ހަފްތާއި އެ ފާމަސީ އައިޖީއެމްއެޗުގައި ގާއިމުކުރާނެ ކަމަށެވެ.
ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިތިބޭ ބަލި މީހުންނަށް ބޭނުންވާ ބޭސްތައްވެސް އެތަނުން ލިބޭނެ ކަމަށެވެ. ޝާހު ވިދާޅުވީ ރާއްޖެއިން ބޭސް ލިބުމުގައި ދަތިވާ މައިގަނޑު ސަބަބަކީ ބޭހުގެ ތަފާސްހިސާބުތަކެއް ވަގުތުން ބަލައިލެވެން ނުހުންނާތީ ކަމަށެވެ.
އެހެންކަމުން ހުސްވެފައިވާ ބޭސްތަކާއި ބޭސްތައް ހުރި ތަންތަން އެނގޭނެ ގޮތަށް އެ މައުލޫމާތު ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް