މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 74 އިންސައްތަ މުވައްޒަފުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.
ކަސްޓަމްސްއިން ބުނީ، ފުރަތަމަ ޑޯޒް ޖެހި މުވައްޒަފުންގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މާލެ އަދި ހުޅުމާލޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ރީޖަނަލް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ ކަމަށެވެ.
"އިތުރު މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުން" ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްގެ އިތުރުން ފުލުހުންގެ މުއައްސަސާގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށްވެސް ވަނީ ވެކްސިން ދީފައެވެ. އޭގެ އިތުރުން ސަރުކާރު ގިނަ އޮފީސްތަކުގެ މުވައްޒަފުންނަށްވެސް އަންނަނީ ވެކްސިން ދެމުންނެވެ.
ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ދެނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން މިހާތަނަށް 105،492 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު