ފުރުސަތު ލިބި، އަތޮޅުތެރެއިން ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރު ފެއިލްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކި ނަންނަމުގައި ޕްރޮޖެކްޓްތަކާއި ކޯސްތައް ހިންގަން ދިޔައީ އެޗްޕީއޭގެ ލައިސަންސްގައި ކަމަށާއި ފުރުސަތު ލިބި އަތޮޅުތެރެއިން ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރު ފެއިލްވެއްޖެ ކަމަށެވެ.
"މިފެންނަނީ އެމްޑީޕީ ކައުންސިލަރުން ތިބި ބޮޑު ދެ ސިޓީގައި ޖެހި ސަކަރާތުގެ ނަތީޖާ. ޕްލޭނެއް ރޭވުންތެރިކަމެއްވެސް ނެތް." އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ނިސްބަތްކުރައްވައި އޭނާ ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައިގެ ދަށުން ރަށްރަށުގައި ޕްރޮޖެކްޓްތަކާއި އެހެނިހެން ބޭނުންތަކަށް ދިޔަ ގިނަ ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އައްޑޫ އާއި ފުވައްމުލަކަށް އަރައި ފޭބުން މަނާކޮށް ކާފިއު އިއުލާން ކޮށްފައިވާ އިރު، ފުވައްމުލަކަށް ދުބާއީ އިން ގޮސް ކަރަންޓީނުގައި ހުރި މީހަކާ ކޮންޓެކްޓުވި މީހަކު ޕޮޒިޓިވްވެ، އޭނާގެ ކޮންޓެކްޓުންތަކެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް ފުވައްމުލަކުން 14 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހިންގި ޓްރެއިނިންތަކެއްގައި ބައިވެރިިވި ބަޔަކު ޕޮޒިޓިވްވެ އެމީހުންނާ ކޮންޓެކްޓުވި ގިނަ ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ. އިއްޔެގެ ނިޔަލަށް އެ ކްލަސްޓާ އިން ވަނީ 32 މީހަކު ޕޮޒިޓިވްވެފައެވެ. އެ ކްލަސްޓާގެ ކުރިން ހުޅުމީދޫގައި ވެސް ކްލަސްޓާއެއް ވަނީ އުފެދިފައެވެ. މާލެއިން ހުޅުމީދުއަށް ދިޔަ ބިދޭސީ މުވައްޒަފުންތަކެއް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 26 އަށް އަރައިފައެވެ. އެހެންކަމުން އައްޑޫގެ އެ ދެ ކްލަސްޓާ އިން ޖުމުލަ 58 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު