މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެގްރޯނެޓްގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން މިއަދު އައްޔަންކޮށްފިއެވެ.
މިފްކޯއިން މިއަދު ބުނި ގޮތުގައި އެގްރޯނެޓްގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މުހައްމަދު ސިނާން (ހުޅުދޫގެ / ސ. ހިތަދޫ) އަދި މިފްކޯގެ ސީއީއޯގެ މަގާމުގައި މިހާރުވެސް ހުންނެވި މުހައްމަދު އަނަސް (ދޭލިޔާގެ / ގއ. ދެއްވަދޫ)، އެގްރޯނެޓްގެ ޗެއާމަންކަމުގެ މަގާމަށް ވަނީ އައްޔަންކޮށްފައެވެ. މި ދެ ބޭފުޅުން އެގްރޯނެޓްގެ އިސް މަގާމުތަކަށް އައްޔަންކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި މިފްކޯގެ ބޯޑު ބައްދަލުވުމުގައެވެ.
މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އަންނަ އެގްރޯނެޓްގެ އެންމެ އިސް ދެ މަގާމަށް މި ބޭފުޅުން އައްޔަންކުރުމުގެ ނިންމުން މިފްކޯގެ ބޯޑުން މިއަދު ފާސްކޮށްފައިވާ އިރު، މިއީ އެ ކުންފުނީގެ ހިންގުމަށް ގެނައި ބަދަލެކެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ސިނާން 2024 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް ސުޕްރީމް ކޯޓުން ސާބިތުވުމުން މިދިޔަ އޭޕްރީލް މަހު ވަނީ ގޮނޑި ގެއްލިފައެވެ. އޭގެ ފަހުން ޕާޓީގެ ޓިކެޓު ހޯދުމަށް ބޭއްވި އެތެރޭގެ އިންތިހާބު ވެސް ސިނާން ކާމިޔާބު ކުރިއެވެ. ނަމަވެސް ފަހުން ސިނާން ވަނީ ދެން ވާދަކުރި އަހުމަދު ސައީދު (ސޮޑާ) އަށް ޓިކެޓު ދޫކޮށްލައިފައެވެ.
މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ސައީދު ބަލިކޮށް، ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީއަކަށް ބަދަލުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭގެ ކުރިން އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަނީ މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ވަނީ ވަކިކޮށްފައެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)
ކޮމެންޓް