މާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ބުނި ގޮތުގައި މާލެ، ބޮޑުތަކުރުފާނު މަގު، ބާޒާރުމަތި ސަރަހައްދުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ.

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓެއްގަައި މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕޮޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށާއި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.