ރާއްޖެއަށް ޓެރަރިޒަމް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތ.ތިމަރަފުށިން ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އަށް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އަދި އެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
- - އަބްދުﷲ ޝަރީފް، ފެހިވިދުވަރު/ ތ.ތިމަރަފުށި
- - އަހްސަން މުހައްމަދު، ކެނެރީގެ/ ތ.ތިމަރަފުށި
- - އަލީ މުނީޒު، ކެނެރީގެ/ ތ.ތިމަރަފުށި
- - މުހައްމަދު އާސިރު، އަސުރުމާގެ/ ތ.ތިމަރަފުށި
- - އަލީ އަރުހަމް މުހައްމަދު، ފެހިވިލާ/ ރ.ކަނދޮޅުދޫ
- - ޝަމާހް ޝަރީފް، ސައިމާ/ ތ.ތިމަރަފުށި
- - އިބްރާހިމް ލޫތު، ރޯޒްމީޑް/ ނ.ކުޑަފަރި
- - އަބްދުﷲ އިމާދު، ބީޗް ހައުސް/ ރ.މަޑުއްވަރި
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ، މި އަށް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދޭތީ ކަމަށެވެ.
އޭގެ އިތުރުން ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާހު 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރު ކުރުމަށްފަހު އައިއީޑީ ގޮއްވާލައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީނުތައް ހަދަމުންދިއުމާއި ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭ ފަދަ ކްލާސްތައް އެމީހުން ހިންގަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.
އަދި ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށް، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅުއްވާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިއުމާއި ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވި އެވެ.
- - ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 1-16 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 15 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާއި (ށ)ގެ (3) ވަނަ ނަންބަރާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 1-16 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 1-16 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 16 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރާއި އެ މާއްދާގެ (ނ) އާ ހަވާލާދީ، އެ މާއްދާގެ (ލ) ގެ ދަށުން، ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 1-16 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 09/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 530 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 09/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 622 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ބ)ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 09/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 530 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 1-16 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 8 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ރ)ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 11 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރާއި އެމާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ބ)ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ
- - ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާ ގަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ

ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު