ކުއްލި ޚަބަރު

ރައީސް ސޯލިހު މިއަދު ކޮވިޑް ވެކްސިން ޖައްސަވަނީ

މުހައްމަދު ސިމާއު

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކޮވިޑް ވެކްސިން ޖައްސަވާން ނިންމަވައިފި އެވެ.

ރައީސް ސޯލިހު ކޮވިޑް ވެކްސިން ޖައްސަވާނީ ރާއްޖޭގައި ވެކްސިން ޖެހުން ފެށުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތު ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށޭނެ އެވެ. މި ރަސްމިއްޔާތު އޮންނާނީ މާލޭގެ އިޖުތިމާއީ މަރުކަޒުގަ އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވެސް މިއަދު ވެކްސިން ޖައްސަވާނެ އެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންވެސް މިއަދު ވެކްސިން ޖައްސަވާނެ އެވެ.

އެ ހުރިހައި ބޭފުޅުން ވެސް ވެކްސިން ޖެއްސްވުމުގެ ކުރީން އިގުރާރު ފޯމެއްގައި ސޮއިކުރައްވާނެ އެވެ. އަދި ވެކްސިން ޖެއްސެވުމަށް ފަހު 15 ވަރަކަށް މިނެޓު އިތުރު އޮބްޒަވޭޝަނަށް އޮބްޒަވޭޝަން ރޫމްގައި މަޑުކުރައްވާނެ އެވެ.

ރާއްޖޭގައި މިއަދު ޖަހަން ފަށަނީ އޮކްސްފޯޑާއި އެކްސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟