ކޮވިޑް ވެކްސިނުން ފުރިހަމަ ރައްކާތެރިކަން ލިބޭނީ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން ކަމަށް ޑރ. ނަޒްލާ މަސްތަފާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، މުޖުތަމައުގެ ބޮޑު ބަޔަކަށް ކޮވިޑްގެ ވެކްސިން ޖެހެންދެން ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑްގެ ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ހުރިހާ އެންމެންވެސް ވެކްސިންގެ ޑޯޒް ހަމަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ވެކްސިނަކީ އޭގެ ފުރިހަމަ ޕްރޮޓެކްޝަން ލިބޭނީ ނޫނިއްޔާމު އޭގެން އެންމެ ފައިދާ ލިބޭނީ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑުގެ ވެކްސިން ހޯދުމުގެ މަސައްކަތް ރާއްޖެއިން ކުރަމުން އަންނައިރު ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރީންނާއި އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ހައިރިސްކް މީހުންނަށެވެ.
ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުގައި މިހާރުވެސް ވަނީ ކޮވިޑް 19 ވެކްސިން ބޭނުންކުރަން ފަށައިފައެވެ. ނަމަވެސް ރާއްޖެއަށް ގެންނަނީ ކޮން ވެކްސިނެއް ކަމެއް އަދި ވެކްސިން ގެންނަ ތާރީހެއް އަދި އެނގިފައެއް ނުވެއެވެ. ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ލިބޭނެ ކަމަށެވެ.
މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ މީގެ ކުރިން ވިދާޅުވިގޮތުގައި ރާއްޖެއަށް ގެންނާނީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ގަބޫލުކުރާ ވެކްސިންތަކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު