މާލެ ސަރަހައްދުގައި ފެތުރެމުންދިޔަ ހިމަބިހީގެ ކޭސްތައް ބޮޑުތަނުން ދަށަށް ގޮސް، މިދިޔަ ހަފުތާގެ ތެރޭގައި ރިޕޯޓްކޮށްފައިވަނީ އެންމެ ދެ ކޭސްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ 283 އަށް އަރާފައެވެ. މި ބަލިން ރައްކާތެރިވުމަށް ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 16،503 މީހުން ވެކްސިން ޖަހާފައިވާކަމަށް ތަފާސްހިސާބުގައި އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ވަނީ ހިމަބިހީގެ ކޭސްތަކުގެ އަދަދު މަދުވި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްނުލުމަށް އެދިފައެވެ. އެގޮތުން، މި ބައްޔަށް ހާއްސަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަގީންނުވާ މީހުން ކަނޑައެޅިފައިވާ މަރުކަޒުތަކުން ވެކްސިން ފުރިހަމަކުރުމަށާއި، ބަލިޖެހިފައިވާ މީހަކާ ބައްދަލުވެފައިވާ ނަމަ، ލަސްނުކޮށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މީގެއިތުރުން، ހުންއައުމާއެކު ގައިގައި ރަތްބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، އަވަހަށް ޑޮކްޓަރަށް ދެއްކުމަށާއި، ބައްޔަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން އެދެއެވެ. އަދި ބަލީގެ އަލާމާތްތައް ހުންނަ ނަމަ، އާންމު ތަންތަނަށް ނުދިއުމަށާއި، ސިއްހީ ހިދުމަތް ހޯދަން ދާއިރު މާސްކު އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ކޮމެންޓް