ދ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާގެ ދެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ބުނި ގޮތުގައި ދ. އަތޮޅު ރިސޯޓެއްގައި މުދަށް އެރި އުޅުނު ދެ ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވައި ފެނިގެން ދ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށާއި އެއީ ޗައިނާއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގި ރިސޯޓެއްގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ދ. އަތޮޅުގައި ހިންގާ ކަނޑިންމާ މޯލްޑިވްސްގައެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް