ހުއްދަނެތި ބޭރުފައިސާ ގަނެވިއްކާތީ ފަސް މީހަކާއި، ފިހާރައެއްގެ އިތުރުން ބިދޭސީއަކު ދިރިއުޅޭ ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝިއަލް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސް ބައިވެރިވެގެން މިއަދު ވަނީ ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

"މިއީ ހުއްދަނެތި ބޭންކިން ހިދުމަތް ދިނުމާއި، ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ހަތަރު ބިދޭސީއަކާއި ދިވެއްސެއްގެ އިތުރުން، ފިހާރައެއް އަދި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވަނީ ބަަލައިފާސްކޮށްފައެވެ" ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.