ފަސް ލައްކަ ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒު، މިއަދު ހާސިލްކޮށްފި އެވެ.
އެމިރޭޓްސްގެ ފްލައިޓުން މިއަދު ހެނދުނު ރާއްޖެ ޒިޔާރަތްކުރި ފަސް ލައްކަ ވަނަ ފަތުރުވެރިޔާއަކީ ޖަރުމަނުގެ ރައްޔިތެކެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ސަރުކާރުން މިއަހަރަށް އެންމެ ފުރަތަމަ އަމާޒު ހިފީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ނަމަވެސް ކޮވިޑް-19އާ ހެދި އެ އަމާޒު ބަދަލުކޮށް މިއަހަރު އަންނާނެ ކަމަށް ލަފާކުރި އަދަދު ފަސް ލައްކައަށް ދަށްކުރި އެވެ.
ސަރުކާރުން ކުރިން ލަފާކުރި ގޮތުގައި ފަސް ލައްކަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް ކްރިސްޓްމަސް އާއި އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފެށުމުން މިމަހުގެ 19 ވަނަ ދުވަހު އެ އަމާޒު ހާސިލުވާނެ ކަމަށް ލަފާކުރި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މާޗް 27 ވަނަ ދުވަހު ބަންދުކޮށް، އަލުން ހުޅުވީ ޖުލައި 15 ގަ އެވެ. ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް އެއްލައްކަ ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް