ގާނޫނާ އެއްގޮތް ނުވާގޮތަށް ދެ ދަރަންޏެއް ދައުލަތުން ނަގާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހަށް ފާހަގަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދައުލަތުން ނަގާފައިވާ ލޯނާއި ދަރަނީގެ ކަންތައްތައް ކުރިއަށް ގޮސްފައިވަނީ އަދި ކުރަމުންދަނީ ގާނޫނާ އެއްގޮތަށްތޯ، ބެލުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ކަންކަމާ ގުޅޭގޮތުން މަޖިލީހުގެ މުޅި ކޮމިޓީއަށް ލިބުނު މައުލޫމާތާ ގުޅިގެން އެކުލަވައިލި ރިޕޯޓު، މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމަށް މިއަދު ހުށަހަޅުއްވައި، އެ ރިޕޯޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގެ ދައުރު ހިމެނޭ، 2012 ވަނަ އަހަރުން ފެށިގެން 2018 އާ ދެމެދުގެ މުއްދަތުގައި ދައުލަތުން ނެގި ދަރަނި ބެލެހެއްޓިފައިވާ ގޮތާއި ނެގިފައިވަނީ ރަނގަޅަށްތޯ، ބެލުމަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. މަޖިލިސް ރައީސްގެ އެދިވަޑައިގެންނެވުމަށް، ރިޕޯޓުގައި ފާހަގަކޮށްފައިވާ އެ ދަރަންޏާގުޅޭ މައުލޫމާތު ކޮމިޓީ ބައްދަލުވުމުގައި ވިދާާޅުވެ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ.
ނިއުޝާ ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ޕްރޮޖެކްޓަށް އެކްސްޕޯޓް އިމްޕޯޓް ބޭންކު އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުނާންގެ ލޯނާއި ސަނީސައިޑް ބޮންޑަށް ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ އެއްބަސްވުމާބެހޭ މައުލޫމާތު ފުރިހަމައަށް ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާ ކަމަށެވެ.
އޭގެ އިތުރުން ދިވެހި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރުއަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި 200 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކާފައިވާ ކަމަށް އޭރުގެ ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވާފައިވީ ނަމަވެސް އެކަމުގެ ފުރިހަމަ މައުލޫމާތު ލިޔެކިޔުންތަކުގައި އެނގެން ނެތް ކަމަށް ވެސް އަމީން އާއްމު ވިދާޅުވި އެވެ.
"ދިވެހި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިއްމު މަޝްރޫއަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި 200 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން 16 ޖުލައި 2017 ގައި ސިޓީއަކުން މައުލޫމާތު ދެއްވާފައިވޭ، ނަމަވެސް މި ބޮންޑަކީ ސަނީސައިޑް ބޮންޑެއް ކަމެއް އެ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އެ ބޮންޑު ނެގުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގެން ނެތްކަމާއި އަދި މިބޮންޑް 50 މިލިޔަން އެމެރިކާ ޑޮލަރުން ޓެޕް އިޝޫއަކަށް ނޮވެމްބަރު 2017 ގައި ދިޔައިރު އެ މައުލޫމާތު ފިނޭންސް މިނިސްޓަރު ދެއްވާފައެއްނުވޭ،" އަމީން އާންމު ވިދާޅުވި އެވެ.
ނަމަވެސް މަޖިލިސް ރައީސް އަދި ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ރިޕޯޓުން ދައްކާ ގޮތުގައި ޖުމްލަ ގޮތެއްގައި ދަރަނި އުފައްދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް