ގއ. ކޮލަމާފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިކަން ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހީމް އަލީމް ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އަލީމް ވިދާޅުވީ އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 44 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާ ޕޮޒިޓިވްވިކަން އެޗްޕީއޭއިން އަންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އަލީމް ވިދާޅުވިއެވެ.
މި އަންހެން މީހާ ކޮވިޑަށް ޓެސްޓުކޮށްފައިވަނީ 14 ދުވަހުގެ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަ ވުމުން ކަމަށް އަލީމް މައުލޫމާތު ދެއްވިއެވެ. އަންހެން މީހާއާ އެކު އޭނާގެ ދެދަރިންވެސް ހޯމް ކަރަންޓީނުގައި ތިބި ކަމަށާއި، ނަމަވެސް އެދެ ކުދިންވެސް ވަނީ ކޮވިޑަށް ނެގެޓިވްވެފައި ކަމަށް އަލީމް ވިދާޅުވިއެވެ.
ޕޮޒިޓިވް ވި އަންހެން މީހާގެ ފުށުން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް އަލީމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކޮލަމާފުށި ހެލްތު ސެންޓަރުން އަންހެން މީހާގެ ހާލަތު ކައިރިން މޮނިޓާ ކުރަމުން އަންނަ ކަމަށް އަލީމް ވިދާޅުވިއެވެ. އެމީހާގެ ފުށުން ބަލީގެ އަލާމާތެއް ނުފެންނާތީ، ކައިރީ ކޮވިޑް ފެސިލިޓީއަކަށް އެ އަންހެން މީހާ ބަދަލު ނުކުރާނެ ކަމަށް އަލީމް ވިދާޅުވިއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19