އިންޑިއާގައި ކޮވިޑް-19ގެ އެކްޓިވް ކޭސްގެ އަދަދު 5،000 އިން މައްޗަށް އަރައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެން ފަށާފައިވާއިރު އިންޑިއާގައި ވެސް ވަނީ އެ ވޭރިއަންޓް ފެތުރި ނުރައްކާ ދަރަޖައަށް ކޭސްތައް އިތުރުވާން ފަށައިފައެވެ.
އިންޑިއާގެ ހެލްތް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތުތަކުގައި އެނގޭ ގޮތުގައި 24 ގަޑިއިރުތެރޭ އެ ގައުމުގައި ކޮވިޑް ޖެހިގެން ހަތް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ މަހާރަޝްތަރާއަށް ނިސްބަތްވާ ތިން މީހަކާއި ނިއު ދިއްލީ އަދި ކަރްނާޓަކާ އިން ހަތަރު މީހެކެވެ.
އަދި އިންޑިއާގައި އިއްޔެ އެކަނިވެސް 564 އާ ކޮވިޑް ކޭސް ފެނިފައިވާ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެ އެވެ.
އިންޑިއާގައި އެންމެ ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން އަންނަނީ ކެރެލާގައެވެ. އެ ސްޓޭޓުގައި އެކްޓިވް ކޭސްތަކުގެ އަދަދު 1487 އަށް އަރާފައިވާއިރު ދިއްލީގައި 562 އެކްޓިވް ކޭސް ތިބި ކަމަށް އޮފިޝަލުން ބުނެ އެވެ.
މުހައްމަދު އައުޒަމް
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19