އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން ލިބިވަޑައިގެންފައިވާ 70،000 މެސެޖެއް އާއްމު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނުހައްގު މުއްސަނދިކަމަކީ ކުށެއްކަމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމަނަން ހުށަހެޅި ބިލަށް ކުރިއަށް ގެންދިޔަ ބަހުސްގައި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުގެންދާ ކަމަށާއި، އެކަމުގެ ތުހުމަތު ކުރެވޭ މީހުންނަށް ދައުވާކުރަން ފޮނުވުން ލަސްވަމުންދާ މައްސަލަައިގައި މުއައްސަސާތަކަށް ފާޑު ވިދާޅުވެ މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އެމަނިކުފާނު ވިދާޅުވީ، އެމައެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ސާފުކޮށް އެނގޭއިރުވެސް، އޭސީސީ އާއި ފުލުހުންނާއި، ޕީޖީވެސް އެ ފަރާތްތަކަށް ދައުވާ ނުއުފުއްލަވައި، ތިއްބަވާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެއީ އެ މަނިކުފާނުވެސް ވަރަށްބޮޑަށް ހުއްޓުން އަރާކަމެއް ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ އެންމެހާ ހެކި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ވާނެ ކަމަށެވެ. އެކަމާގުޅޭ 70،000 ޓެކްސްޓް މެސެޖު ރެފަރެންސް ނަމްބަރު ޖަހައި މަޖިލީހުގައި ފައިލް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެމައްސަލަ މަޖިލީހުގައި ދިރާސާކޮށް ހިންގަން ދަތި ވެފައިވާ ކަމަށެވެ. އެހެންކަމުން އެ މެސެޖުތައް އާއްމުންނަށް ފެންނަ ގޮތަށް އާއްމު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެ މެސެޖުތަކުގެ ތެރޭގައި ހިމެެނެނީ ކުރީގެ ނައިބު ރައީސް އަދީބުގެ ފޯނާއި އޭނާގެ ގާތް ބޭފުޅުންނަށް ކުރައްވާފައިވާ ޓެކްސްޓްތައް ކަމަށެވެ. އެ ޓެކްސްޓް މެސެޖުތަކާއި އެމްއެމްޕިއާރުސީގެ މައްސަލައަށް އިއުތިރާފުވެވަޑައިގެން އަދީބު ދެއްކެވި ވާހަކަތަކާއި ވާ ގުޅުން ވަރަށް ބޮޑަށް ސާފު ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެކަން ސާފުކުރަން، ތަހުގީގީ މާހިރުންނަކަށް އަދި ގާނޫނީ މާހިރަކަށް ވާން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް