ހުޅުމާލޭގައި ހުންނަ ފިޔަވަތިން ހަ މުވައްޒަފަކާއި އަށް ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ފިޔަވަތީގައި ކުޑަކުދިން ބެލެހެއްޓުމުގައި މަސައްކަތް ކުރާ މުވައްޒަފެއް ބަލީގެ އަލާމާތްތަކެއް ހުރުމާ ގުޅިގެން ސާމްޕަލް ނެގި ޓެސްޓު ކުރެވުނު ކަމަށާއި އޭނާގެ ނަތީޖާ މިމަހުގެ އެއްވަނަ ދުވަހު ލިބުނުއިރު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެ ކޭސްއާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 54 މީހަކު ދެނެގަނެވި، ކަރަންޓީން ކުރެވުނު ކަމަށާއި އޭގެ ތެރެއިން 19 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ މިމަހުގެ ހަތަރުވަނަ ދުވަހު ލިބުނު އިރު އިތުރު ކުއްޖަކާއި ކުޑަކުދިންގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ފިޔަވަތީގައި ރެންޑަމްކޮށް ނެގި ސާމްޕަލްތަކުންވެސް ބައެއް ކުދިންނާއި މުވައްޒަފުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"ރެންޑަމް ސާމްޕަލްތަކެއް ވެސް ވަނީ ނެގިފައި ފަހެއް އޮކްޓޯބަރުގައި. އަދި ކުޑަކުދިން ވީމަ ކަރަންޓީނުގައި ތިބި ކުދިންގެ ސާމްޕަލްތައް ވެސް ވަނީ ނަގާފައި. މިގޮތުން ކަރަންޓީނުގައި ތިބި ކުދިންގެ ތެރެއިން އިއްޔެ ހަތް ކުއްޖަކާއި ތިން ކެއާޓޭކާއެއް ވަނީ ޕޮޒިޓިވްވެފައި. އަދި މިއަދު އެއް ކެއާޓޭކާ މިވަނީ ޕޮޒިޓިވްވެފައި." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ފިޔަވަތިން ޕޮޒިޓިވްވި ކުދިންނާއި މުވައްޒަފުން މިހާރު ފެސިލިޓީތަކަށް ގެންގޮސްފައިވާ ކަމަށާއި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކާ ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ،
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު