ސަރުކާރު ހިންގާ ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް އަލަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އިންތިހާބުވެވަޑައިގެންފިއެވެ.
ޕީއެންސީގެ ނައިބު ރައީސުން އިންތިހާބުކޮށްފައިވަނީ އިއްޔެ ފެށި އެ ޕާޓީގެ ކޮންގްރެސްގައި މިއަދު ހެނދުނު ބޭއްވި ސެޝަންގައެވެ.
މިއަދު ބޭއްވި ވޯޓުލުމުގައި 1،095 މީހުން ވޯޓުލާފައިވާއިރު މިހާރު ތިއްބެވި ނައިބު ރައީސުންގެ ތެރެއިން މަގާމު ދިފާއު ނުކުރެވުނީ ނިމާލަށެވެ. އަދި އަލަށް ވާދަކުރެއްވި އަސްމާއަށްވެސް ކުރިމަތިވީ ނާކާމިޔާބީއެވެ.
ޕީއެންސީގެ ނައިބު ރައީސުންނަށް 8 ބޭފުޅުންނާއި ލިބުނު ނަތީޖާ
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ( 862 ވޯޓު - 79 ޕަސަންޓު)
- ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް (964 ވޯޓު - 88 ޕަސަންޓު)
- މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ( 288 ވޯޓު - 26 ޕަސަންޓު)
- ޗީފް ސްޕޯކްސް ޕާސަން މުހައްމަދު ހުސައިން ޝަރީފް ( 780 ވޯޓު- 71 ޕަސަންޓު)
- ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ (923 ވޯޓު - 84 ޕަސަންޓު)
- އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް (301 ވޯޓު - 27 ޕަސަންޓު)
- ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (968 ވޯޓު - 88 ޕަަސަންޓު)
- އިކޮނޮމިކް މނިސްޓަރު މުހައްމަދު ސައީދު (833 ވޯޓު - 76 ޕަސަންޓު)
އެންމެ ތަފާތު ބޮޑު ނަތީޖާއަކުން އިންތިހާބު ކާމިޔާބުކުރެއްވީ އަލަށް ވާދަކުރެއްވި ސްޕޯޓްސް މިނިސްޓަރު ރާފިއުއެވެ. އެގޮތުން ރާފިއުއަށް 968 ވޯޓު ލިބިވަޑައިގެންނެވިއެވެ. ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ސައުދާއާއި މިނިސްޓަރު ޝިޔާމަށެވެ. އެގޮތުން މިނިސްޓަރު ޝިޔާމަށް 964 ވޯޓު ލިބިވަޑައިގެންނެވިއިރު ސައުދާއަށް 923 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެންމެ ދަށުން ވޯޓު ލިބިލެއްވީ އަސްމާއަށެވެ. އަސްމާއަށް ލިބިވަޑައިގެންނެވީ 288 ވޯޓެވެ.
އަލީ ޔާމިން
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް