އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެކަން ކަށަވަރު ކޮށްދެއްވައި އަކްރަމް މިއަދު "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ މިއަދު ހެނދުނު ކަމަށެވެ. އޭނާއާއެކު އަނބިކަނބަލުން ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ގޭގައި އުޅޭ ކުޑަކުއްޖަކު ރެންޑަމް ސާމްޕަލްގެ ތެރެއިން ޓެސްޓު ކުރުމުން ވަނީ ޕޮޒިޓިވްވެފަ. އެއަށްފަހު އަޅުގަނޑުމެން ވެސް ކޮވިޑަށް ޓެސްޓު ކުރުމުން މިއަދު ހެނދުނު އެޗްޕީއޭ އިން އެންގީ ޕޮޒިޓިވްކަން. އަޅުގަނޑާއި އަންހެނުން ވެސް،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށާއި ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މިވަގުތު ކަރަންޓީނުގައި ބަހައްޓާފައި ހުރީ ގޭގައި ކަމަށް ވެސް ވިދާޅުވި އެވެ.
އަކްރަމް އިތުރަށް ވިދާޅުވީ، އިއްޔެ އީސީގައި ބޭއްވި ކޮމިޝަންގެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުންތަކަކީ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ގައިދުރުކަންމަތީގައި ބާއްވަމުން އަންނަ ބައްދަލުވުންތަކެއް ކަމަށާއި އަދި އޮފީހުގެ ހުންނަ އޭނާގެ ކެބިން އާއި މީޓިން ރޫމް ފިޔަވައި އެހެން ތަނަކަށް ވަޑައިނުގަންނަވާތީ، އޮފީސް ތެރެއިން ކްލޯސް ކޮންޓެކްޓެއް ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19