ގދ. ތިނަދޫގައި ހަދަމުން އަންނަ ކޮވިޑް ފެސިލިޓީ ސައިޓަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޒިޔާރަތް ކުރައްވައިފިއެވެ.
މި އިމާރާތުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު ފައްޔާޒާއި މިނިސްޓަރު މައުސޫމް މި ސައިޓަށް ޒިޔާރަތް ކުރެއްވީ ކޮވިޑް ފެސިލިޓީ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓުގެ %45 މަސައްކަތް ވަނީ މިހާރު ވަނީ ނިމިފައެވެ. އަދި 14 އޮކްޓޯބަރު 2020 އަށް މި މަޝްރޫއު ނިމޭނެކަމަށް ލަފާ ކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުން، ތިނަދޫ ފެސިލިޓީގައި 15 އައިސޮލޭޝަން އެނދާއި ހަ އައިސީޔޫ އެނދު އަދި ޑައިލިސިސް އެނދެއް ހުންނާނެ އެވެ.
ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވް ވެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ގާއިމްކޮށްފައިވެ އެވެ. ނަމަވެސް ތިނަދޫގައި ވަކިން ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމީ، ތިނަދޫން ކޮވިޑަށް ޕޮޒިޓިވް ވި މީހަކު ވިލިނގިއްޔަށް އަރުވަން އެރަށުގެ ބަޔަކު ދެކޮޅު ހަދައި މުޒާހަރާކުރުމާ ގުޅިގެންނެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ