މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގާ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހަދާނެ ކަމަށެވެ.
މި މަޝްރޫއަކީ 18.98 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމުމާއެކު، މި ޖެޓީތައް ބޭނުންކުރާ އާއްމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ބަނދަރު މަތީގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗަކަށް އަރަން، މަގަތުގައި ހުންނަ އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލާން ޖެހޭ ތަކުލީފުތަކާއި އުނދަގޫތައްވެސް ނިމުމަކަށް އަންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ މި ގޮތަށް ޖެޓީތައް ހެދުމުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާ ޖެޓީއާ ކައިރި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފައިބާ ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަން ލިބޭނެ ކަމަށެވެ.
އަލީ ޔާމިން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް