ރިސޯޓް ތަކާއި ހޮޓާތަކާއި ގެސްޓުހައުސްތަކާއި ސަފާރީތަކުގެ ގޮތުގައި ކުރިއަށްއޮތް ތަނުގައި އައްޑޫސިޓީ އާއި ފުވައްމުލަކާއި ހުވަދޫގައި ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފަށަން ގަން އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް އޭއައިއޭގައި މިއަދު ބޭއްވި ރައްމއިްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ މިއަދުގެ ޓޫރިޒަމް ސިޔާސަތަކީ، ރައްޔިތުންނާ ގާތަށް ސީދާ ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ލިބޭ ފަދަ ގޮތަކަށް ޓޫރިޒަމް ބައްޓަން ކުރުން ކަމަށެވެ.
އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ގެސްޓްހައުސްވިޔަސް ހޮޓާވިޔަސް ރިސޯޓް ވިޔަސް އަދި ރެސްޓޯރެންޓް ވިޔަސް އެތަންތަނުގެ އޯނަރުންނަކީ ދިވެހިންކަމަށް ހެދުން ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ތަފާތު ގުޅުންހުރި އެހެން ކަންތައްތައްވެސް ފަތުރުވެރިކަމާ ގުޅުވުން ޕޮލިސީތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުން ކުރިއަށް އޮތް އަހަރު ދުވަހު އެ ދެކުންފުންޏަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެއް ކަަމށެވެ. އެއީ މަތިންދާބޯޓު ބިޒްނަސް އަށް 6000 އެނދު ބޭނުންވާއިރު، އެ ސަރަހައްދުގައި އަދި ހުރީ 2400 އެނދުކަމަށް ވާތީ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގައި 6000 އެނދު ގާއިމް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވޭނީ ފްލައިޓުތައް އޮޕަރޭޓް ކުރެވިގެން ކަމަށެވެ. އެހެންކަމުން މިވަގުތު ގެއްލުމުގައިވެސް ދަތުރުތައް ފަށަން ނިންމުމަކީ ސަރުކާރުން ވި ވަރަށް ބޮޑު ގުރުބާނީއެއް ކަމަށްވެސް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް