އައްޑުއަތޮޅު މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލްކޮށް، ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދެކި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާއި ގދ. ނަޑެއްލާ، ރަބީއީމަންޒިލް/މުހައްމަދު އަޖްނާޒު ތިން އަހަރަށް ޖަލަށް ލާން ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަަލައަކީ، 19 އޮކްޓޫބަރު 2016 ވަނަ ދުވަހު 2:00 ގައި އުމުރުން 12 އަހަރުގެ ކުއްޖަކަށް އަޖުނާޒުގެ ކުރިމަތި ފަރާތް ދައްކާފައިވާކަމަށް ބަޔާންކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ހުށަހެޅި، ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުމުގެ ކުށުގެ ދައުވާއެކެވެ.

މައްސަލަ ބެލުމަށްފަހު އެ ދައުވާ އަޖްނާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މައްސަލަ ނިންމައިފައެވެ.

ނަމަވެސް ޕީޖީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު

ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން އަޖްނާޒު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، މިމައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށް، މި މައްސަލަ ނިންމީ ކަމަށް ހައިކޯޓުން ހުކުމްގައި ވެއެވެ.