ގއ. މާމެންދޫ ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހެލްތު ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، މާމެންދޫ ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުން ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށެވެ.
އެކަމާ ގުޅިގެން މާމެންދޫ ކައުންސިލް ރައީސް މުހައްމަދު ޒައީމް "ވަން" އަށް ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ކަމަށެވެ. އެއީ ތިން ފިރިހެނުންނާއި ދެ އަންހެނުން ކަމަށާއި އެ މީހުން ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ އަލާމާތްތައް ފެނިގެން ކަމަށް އޭނާ ވިދާޅުވި އެވެ
ޒައީމް އިތުރަށް ވިދާޅުވީ އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު