ނ. މަނަދޫން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 26 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ މަނަދޫ އަދިވެސް އޮތީ ކަރަންޓީނުގެ ހާލަތުގައި ކަމަށާއި އެރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި އެކްޓިވް ސަވޭލެންސްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މިއަދު އެކްޓިވް ސަވޭލެންސްގެ ގޮތުގައި 38 ސާމްޕަލް އަދި ކޮންޓެކްޓުންގެ 26 ސާމްޕަލް ނެގިފައިވޭ. އެރަށުގައި ޖުމްލަ ތިބީ 26 ކޮންޓެކްޓުން،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ އެރަށުން ނަގާފައިވާ ސާމްޕަލްތައް މާދަމާ މާލެއަށް ގެންނާނެ ކަމަށާއި ގެނައުމަށްފަހު ޓެސްޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މަނަދޫން ހޯމް ކަރަންޓީނުގައި ހުރި މީހަކު ދޫކޮށްލުމަށް ހެދި ޓެސްޓުން ހުކުރު ދުވަހު އޭނާ ވަނީ ޕޮޒިޓިވްވެފައެވެ. އޭނާގެ ނަތީޖާ ހަވާލު ކުރަން ބެލި އިރު، އޭނާ ހުރީ ދޯންޏެއްގައި މަހަށް ނުކުމެއެވެ. އޭނާ ވަނީ ހުކުރު ނަމާދަށާއި އަދިވެސް ރަށުގެ ގިނަ ތަންތަނަށް ގޮސްފައެވެ.
މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ވެސް މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެނައެވެ. އެއީ އެރަށުން ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ އަންހެނަކާ ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވް ވެގެންނެވެ.
މަނަދޫގެ އިތުރުން ގދ. ހޯނޑެއްދު އާއި އެރަށާ ގުޅިފައިވާ މަޑަވެލި ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު