ހުޅުމާލެ ފްލެޓްތަކުގެ ތެރެއިން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފުލެޓުތަކުގެ ކުލި ފަސްކުރުމަށް އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ދިވެހި ސަރުކާރުގެ ހައުސިން ސްކީމުތަކުގެ ތެރެއިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 704 ހައުސިން ޔުނިޓު މެނޭޖް ކުރަމުން އަންނަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިންނެވެ. އެ ފްލެޓްތަކަށް ދައްކަންޖެހޭ ކުލި އެ ކޯޕަރޭޝަނަށް ދައްކަން ޖެހުނަސް، ފުލެޓްތަކުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދާނީ ހައުސިން މިނިސްޓްރީންނެވެ.
ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ ފްލެޓްތަކުގެ ކުލި މާޗް މަހުން ފެށިގެން ހަ މަސް ދުވަހަށް ވަނީ ފަސްކޮށްދީފަ އެވެ. އަދި އެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ކޮވިޑުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައިނުވާތީ އާއި އެހެން ތަންތަނުން ނަގާފައިވާ ލޯނުތައް ދެއްކުން އިތުރަށް ފަސްކުރަމުންދާތީ ފުލެޓްތަކުގެ މީހުން ދައްކަން ޖެހޭ ކުލިތައް ވެސް ފަސްކޮށްދޭން ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިންއާ "ވަން" އިން ސުވާލު ކުރުމުން ވިދާޅުވީ، ކުލި ފަސްކޮށްދިނުމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިވަގުތު ކުލި ފަސްކޮށްދިނުމަށް ވަކި ގޮތެއް އަދި ނިންމަންފައިނުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެޗްޑީއެފްސީގެ އިތުރުން ބީއެމްއެލް އާއި އެސްޑީއެފްސީ އަދި ސްޓޫޑެންޓް ލޯނު ދެއްކުން ވެސް ހަ މަހަށް ފަސްކޮށްދިނެވެ. މި ތަންތަނުގެ ތެރެއިން ބީއެމްއެލް އާއި އެސްޑީއެފްސީން ނެގި ލޯނުތައް އިތުރަށް ފަސްކޮށްދޭން މިހާރު ވަނީ ނިންމައިފަ އެވެ.
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް