ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން ހަދަމުން އަންނަ ތިލަމާލެ ބުރިޖުގެ މުޅި މަސައްކަތުގެ 80.32 ޕަސަންޓު މިހާރު ނިންމާލެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ބުރިޖު މަސައްކަތުގެ ސައިޓުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބުރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.
"މިހާރު ބުރިޖުގެ އެއް ތަނބު އަނެއް ތަނބާ ގުޅާލުމަށްޓަކައި ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ 88 ޕަސަންޓު މަސައްކަތް މިވަނީ ނިމިފައި" އޮފިޝަލް ވިދާޅުވިއެވެ.
ބުރިޖުގެ ޑެކަށް ޖުމްލަ 1,222 ސެގްމަންޓް ބޭނުންވާއިރު، އޭގެ ތެރެއިން 98.53 ޕަސަންޓު ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިންމައިފައިކަމަށް މިނިސްޓްރީން ބުންޏެވެ.
"މިހާރު އެންމެ އިސްކަމެއް މިދެނީ، ވިލިމާލެއާއި ގުޅިފަޅު ގުޅާލުމުގެ މަސައްކަތަށް. އިރާދަކުރެއްވިއްޔާ މި މަހުގެ ނިޔަލަށް ގުޅާލެވޭނެ" އޮފިޝަލް ވިދާޅުވިއެވެ.
އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވި ނަމަވެސް، އަންނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި ބިޔަ މަޝްރޫއަށް ޖުމުލަ 500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.
އަލީ ޔާމިން
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ކޮމެންޓް