ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް 200 ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައި، ބޮޑެތި މައްސަލަތަކެއް ހުރިކަން، އޮޑިޓް ރިޕޯޓުން ފާހަގަވާކަމަށް ބުނި ނަމަވެސް، އެކަމުގައި ނާޖާއިޒު ފައިދާއެއް ހޯދުމަށް ނުވަތަ ވައްކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް މުވައްޒަފަކު ކަމެއް ކޮށްފައިވާކަން ގަބޫލު ނުކުރައްވާކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، އެމަނިކުފާނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުން ހާޒިރު ކުރައްވައިގެން މިހާރު ކުރިއަށްގެންދާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ވެންޓިލޭޓަރާބެހޭ ހުރިހާ މުއާމަލާތްތަކަކާއި ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައި ވަނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން ހުއްދަ ނަގަންޖެހޭ ކަންތައްތަކުގައި އެ މިނިސްޓްރީގެ ހުއްދަ އާއި އެޓާނީ ޖެނެރަލްގެ ލަފައާވެސް އެކުގައި ކަމަށެވެ.
ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ހާލަތާއި މުޅި ދުނިޔޭގެ ހާލަތު އޭރު އޮތީ އެންމެ ނުރައްކާތެރި ފައްތަރުގައި ކަމަށާއި، ދިމާވެދާނެ ހާލަތަަކަށްބަލައި އޭރު އެންމެނަށް ކުރިމަތިވެފައިވާ ކަންބޮޑުވުމާއި ހާސްކަން މިނިސްޓަރު ކޮމިޓީއާ ހިއްސާކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ހާލަތުގައިވެސް މިނިސްޓްރީގެ ބޭފުޅުންނާއި، ސިއްހީ ހިދުމްތެރިން މަސައްކަތް ކޮށްފައި ވަނީ، އިހުލާސްތެރިކަމާއެކު، ރާއްޖޭގެ ރައްޔިތުންގެ ފުރާނަ ރައްކާތެރި ކުރުމަށް ވީއެންމެ ރަނގަޅަށް މަސައްކަން ކުރުމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައާބެހޭ ހުރިހާ މައުލޫމާތަކަށް ބެލުމަށްފަހުވެސް ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމަށް ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުވައްޒިފުން އެއްވެސް ކަމެއް ކޮށްފައިނުވާކަމުގެ ޔަގީންކަން އެބައޮތް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްތަރު ވިދާޅުވީ، އިދާރީގޮތުންނާއި އިޖުރާއީގޮތުން ކަމެއް ހިނގާފައި ނުހުންނާނެކަމަށް ދަންނަވަން ކަށަވަރުނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދައުަލަތުގެ އޮފީސްތަކަށާއި މުއައްސަސާތަކަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސަައްކަތް ކުރުމުގައި މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރުން ލާޒިމު ނުވާ ހާލަތްތަކެއްވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ނަމަވެސް ވެންޓިލޭޓަރާ ބެހޭ ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދިޔައީ އެ ގަވާއިދާއެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލު ކުރުމުގެ އެއްބަސް ވުމުގައި، އޭޖީގެ ލަފައާއެއްގޮތަށް ކަންތައްތައް ކޮށްފައިނުވާކަމަށާއި، ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާއިރު، އެއީ ހޯދާފައިވާ ހުއްދައެއް ކަމަށާއި އެކަން އޮޑިޓް އޮފީހާ ހިއްސާކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން