މާސްކު ނާޅައި އުޅުނު އިތުރު 40 މީހަކު ޖޫރިމަނާކޮށް، މަނާ ގަޑީގައި ބޭރުގައި އުޅުނު 83 މީހަކު ޖޫރިމަނާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ ފުލުހުން މަގުތައް ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވާ އިރު، އެޗްޕީއޭގެ އެންގުމާ ހިލާފަށް މަނާ ގަޑީގައި ބޭރުގައި އުޅޭ މީހުންނާއި މާސްކް ނާޅައި އުޅޭ މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ.
އެގޮތުން މާސްކް ނާޅައިގެން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 63 މީހަކަށް ނަސޭހަތްދީ، 40 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަނާ ގަޑީގައި ބޭރުގައި އުޅެގެން އިތުރު 83 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށްވެސް މަތީން ވިދާޅުވިއެވެ.
"މަނާ ގަޑީގައި، އުޅުނު މީހުންގެ ތެރެއިން މިހާތަނަށް ޖުމްލަ 1،519 މީހަކަށް ނަސޭހަތް ދެވި އޭގެ ތެރެއިން 627 މީހަކު ވަނީ ޖޫރިމަނާ ކުރެވިފައިވޭ." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަތީން ވިދާޅުވީ ފުލުހުންގެ ވިސްނުމަކީ ޖޫރިމަނާ ކުރުން ނޫން ކަމަށާއި ނަސޭހަތް ދީގެން ވިސްނައިދިނުމަށް ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު