ރަޝިއާއިން އުފެއްދި ކޮވިޑުގެ ވެކްސިން ރާއްޖޭގައި ބޭނުންކުރާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް ފެތޭނަމަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރަޝިއާއިން ވަނީ ކޮވިޑްގެ ވެކްސިނެއް އުފައްދައި، އެގައުމުގައި ރަޖިސްޓްރީކޮށްފައެވެ. ރަޝިއާގެ ގަމަލެޔާ ނެޝަނަލް ރިސާޗް ސެންޓަރުން އުފެއްދި ވެކްސިން އެގައުމުގެ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާކަން އިއުލާންކޮށްފައިވަނީ އެގައުމުގެ ރައީސް ލަޑިމިއާ ޕުޓިންއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެއްވެސް ބައްޔަކަށް ވެކްސިނެއް ދެވޭނީ ޑަބްލިޔުއެޗްއޯގައި ޕްރީ ކޮލިފައިވުމުން ކަމަށެވެ.
"ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ ވެކްސިނެއް އަޅުގަނޑުމެން ރާއްޖޭގައިވެސް ބޭނުން ކުރާނީ"، ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރަޝިއާއިން އުފެއްދި ވެކްސިންގެ ޓްރަޔަލްގެ މާބޮޑު މައުލޫމާތެއް ޝާއިއު ކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ނުވަތަ ނޫންކަން އެނގޭކަށް ނެތް ކަމަށެވެ.
"ޑަބްލިޔުއެޗްއޯއިން ވިދާޅުވެފައި އެބައޮތް ރަޝިއާގެ ކަމާބެހޭ ފަރާތްތަކާ އެބޭފުޅުން ވާހަކަދައްކަމުން ގެންދަވާ ކަމަށް އެޑޭޓާ ހޯދަން،" ޑރ،. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ވެކްސިނެއް އުފެއްދިއްޖެ ނަމަ ހުރިހާ ގައުމަކަށްވެސް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ޑަބްލިޔުއެޗްއޯ އާއި އެހެން ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު