މަނާ ގަޑީގައި ބޭރުގައި އުޅުނު 311 މީހަކާއި، މާސްކު ނާޅައި އުޅުނު 475 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާސްކް ނާޅައި އުޅުނު 94 މީހަކަށް ނަސޭހަތްދެވި، އޭގެ ތެރެއިން 41 މީހަކު ޖޫރިމަނާކުރެވިފައިވާ ކަމަށެވެ. އަދި މަނާ ގަޑީގައި ބޭރުގައި އުޅުނު 80 މީހަކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.
"މާސްކް ނާޅައިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 94 ފަރާތަކަށް ނަސޭހަތްދެވި 41 މީހަކު ޖޫރިމަނާ ކުރެވިފައިވޭ. ޖުމްލަ ޖޫރިމަނާ ކުރެވުނު މީހުންގެ އަދަދަކީ 475. މަނާ ގަޑީގައި ބޭރުގައި އުޅެގެން 80 މީހަކު ޖޫރިމަނާކުރެވިފައިވޭ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި. އަދި 120 މީހަކަށް ނަސޭހަތް ދެވިފައިވޭ. ޖުމްލަ 311 މީހަކު ވަނީ ފައިން ކުރެވިފައި." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ގޮތުން ވަނީ ބައެއް ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރުކޮށްފައިވާ އިރު، މަގުމަތީގައި މާސްކު ނާޅައި އުޅޭ މީހުންގެ އަތުން ޖޫރިމަނާއެއްގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް މަގުމަތީގައި މީހުން އުޅުން ވެސް ވަނީ މަނާކޮށްފައެވެ. އެ ގަޑިތަކުގައި ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައެއް ލިބިފައިވާ ފަރާތްތަކާއި ޒަރޫރީ ކަންކަމުގައި ނުކުންނަން ޖެހޭ މީހުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު